ads
ހައްޖު ކޯޕަރޭޝަނުގެ ދަތުރުވެރިއެއް ފޮޓޯއަކަށް ހުއްޓިގެން
ދެވަނަ ކުއާޓާގައި ހައްޖު ކޯޕަރޭޝަނުގެ ފައިދާ 78 ޕަސަންޓު އިތުރުވެއްޖެ
ދެވަނަ ކުއާޓާގައި ހައްޖު ކޯޕަރޭޝަނުގެ ނެޓް ޕްރޮފިޓް 78 ޕަސަންޓު އިތުރުވެއްޖެއެވެ.

އެ ރިޕޯޓު ދައްކާގޮތުން، 2019 ވަަނަ އަހަރުގެ ދެވަނަ ކުއާޓާއާއި، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ހައްޖު ކޯޕަރޭޝަންގެ ނެޓް ޕްރޮފިޓް ވަނީ 764,658 ރުފިޔާ އިތުރުވެފައެވެ.

ސަރުކާރު ހިއްސާވާ 28 ކުންފުނީގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ވަނީ އާންމު ކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ރިޕޯޓުގައި ދެވަނަ ކުއާޓާގައި އެންމެ އާމްދަނީ ބޮޑު ކުންފުނިތަކުގެ ލިސްޓުގައި ޕީއެސްއެމް އަދި އެމްއެމްޕީއާރުސީ ފަދަ ކުންފުނިތައް ހިމެނެއެވެ. އެސްޓީއޯގެ ޕްރޮފިޓް ވެސް ވަނީ 37 ޕަސަންޓު އިތުރުވެފައެވެ. ޕީއެސްއެމްގެ ދެ ވަނަ ކުއާޓާގެ ޕްރޮފިޓް ވަނީ 90 ޕަސަންޓަށް އިތުރުވެފައެވެ.

އެމްއެމްޕީއާރުސީގެ ނެޓްް ޕްރޮފިޓް ވަނީ 16 ޕަސަންޓަށް އިތުރުވެފައެވެ.

މީގެ އިތުރުން އެންމެ ބޮޑަށް ގެއްލުން ލިބުނު ކުންފުނިިތަކުގެ ތެރޭގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ހިމެނެއެވެ. އެ ކުންފުންޏަށް ވަނީ 2829 ޕަސަންޓުގެ ގެއްލުން ދެވަނަ ކުއާޓާގައި ވެފައެވެ. މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެވަނަ ކުއާޓާގެ ފައިދާ ވަނީ 148 ޕަސަންޓު ދަށަށް ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް