ads
އެމިރޭޓްސްގެ ފްލައިޓެއް---
ޑިމާންޑް ބޮޑުވެ އެމިރޭޓްސް އިން ރާއްޖެއަށް އިތުރު ފްލައިޓެއް
އެކުވެރި އަރަބި އިމާރާތުގެ ގައުމީ އެއާލައިން ކަމަށްވާ އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވެ، ދަތުރުތައް އިތުރުކޮށްފި އެވެ.

ދުވާލަކު ތިން ދަތުރު ކުރަމުން އައި އެމިރޭޓްސް އިން މިހާރު އަބޫދާބީ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލަކު ހަތަރު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތުދެ އެވެ.

އެމިރޭޓްސް އެއާލައިންގެ އިތުރު ފްލައިޓަކުން ދަތުރުތައް ފެށުމާއި އެކު، މިހާރު އެ އެއާލައިން މެދުވެރިކޮށް ދުވާލަކު 1،400 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބަހްރައިންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއާ އިން ވެސް ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާ ބޯޓު ވަނީ ބޮޑުކޮށްފަ އެވެ.

ބޯޑަރު ހުޅުވާލިފަހުން 19 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، ބައެއް އެއާލައިންތަކުން ރާއްޖެއަށް އޮންނަ ޑިމާންޑް ބޮޑުކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް