ads
------
އައްޑޫގައި ގާމެންޓް ފެކްޓަރީ ހަދަން ހުޅުވާލައިފި
ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން (ބީ.ސީ.ސީ) އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ގާމެންޓް ފެކްޓަރީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ބީސީސީން ބުނީ މި ޕްރޮޖެކްޓަށް ރެޖިސްޓާ ވުމުގެ ފުރުސަތު މިމަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. 

އެގޮތުން ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 15:00 ގައި ޒޫމް މެދުވެރިކޮށެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރީ ނުދޭން ނިންމާފައިވާއިރު އެ ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮތީ ޑިސެމްބަރު 24 ވަނަ ދުވަހެވެ. 

އެ އިއުލާނުގައި ބުނީ ބީލަން ހުށަހަޅާނީ [email protected] އަށް ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިވާ ފައިލެއްގައި ކަމަށާއި އެ ޕްރޮޖެކްޓާއި ބެހޭ ހުރިހާ މައުލޫމާތު އެ އިއުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާމްސް އޮފް ރެފަރެންސްގައި ހިމަނާފައިވާނެ ކަމަށެވެ. 

މީގެ ކުރިން އައްޑޫ އަތޮޅު ގަމުގައި ވަނީ ކާމިޔާބުކަމާއެކު ފެކްޓްރީއެއް ހިންގާފަ އެވެ. އެހެންނަމަވެސް މައްސަލަތަކެއް ދިމާވެ ބަންދުކުރަން ޖެހުނީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް