ads
އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް. ފޮޓޯ: ބިޒްނަސް އިންސައިޑާ
ޗައިނާގެ ގިނަ ކުންފުނިތަކަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އެމެރިކާއިން ޗައިނާގެ 77 ކުންފުނިތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން އެ ގައުމުގެ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ޗިޕް އުފައްދާ ކުންފުނި، ސެމީ ކޮންޑަކްޓަރް މެނުފެކްޗަރިންގް އިންޓަނޭޝަނަލް ކޯޕަރޭޝަން ސްމިކް ހިމެނޭހެން 77 ކުންފުންޏަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ޗައިނާގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ނިންމާ އެކަން ހާމަކޮށްފައިވަނީ އެމެރިކާގެ ކޮމާސް ސެކެޓްރީ ވިލްބަރް ރޮސް މިދިޔަ ހުކުރު ދެއްވި ހާއްސަ ޕްރެސް ސްޓޭޓްމަންޓްއެއްގަ އެވެ. ވިލްބަރް ރޮސް ވަނީ އަލަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ކުންފުނިތަކާއެކު އެއްވެސް އެމެރިކާގެ ކުންފުންޏަކަށް އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގުން މަނާކޮށްފައިވާކަން ހާމަކޮށްފައެވެ. 

މީގެ އިތުރުން ޕްރެސް ސްޓޭޓްމަންޓް ދެއްވަމުން ކޮމާސް ސެކެޓްރީ ވިދާޅުވީ މިފަދަ ފިޔަވަޅެއް އަޅަން ނިންމީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކަށާއި އެގޮތުން ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރާކަމަށާއި އެކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ކޮމާސް ސެކެޓްރީ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްގެ ވެރިކަމުގައި މިހާތަނަށް ޗައިނާގެ 100 އަށްވުރެ ގިނަ ކުންފުންޏާއި ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެހެނަމަވެސް، ދަތިކުރުމުގެ ފިޔަވަޅު އެޅި ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމުގައި އެމެރިކާ ސަރުކާރުން މިހާތަނަށް ވަނީ ނުކުޅެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް