ads
އާސެނަލްގެ ކޯޗު އާޓެޓާ
އާސެނަލް އަނެއްކާ ވެސް ބަލިވެއްޖެ
ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ، އާސެނަލް އެވަޓަން އަތުން ބަލިވެއްޖެއެވެ. އާސެނަލް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ހޮނިހިރު ދުވަހުގެ މެޗަށް އާސެނަލް ނުކުތީ އަނިޔާގެ ސަބަބުން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ޓީމުގައި ނުހިމަނައެވެ. މި މެޗުގައި އާސެނަލް ކޮޅަށް ފުރަތަމަ ގޯލް ވަދެ އެވަޓަނަށް ލީޑު ލިބުނީ އާސެނަލްގެ ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ޖެހީ ނިކޮލަސް ޕެޕޭއެވެ. އެވަޓަނުން މޮޅުވި ލަނޑު ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖެހީ ޔެރީ މިނާއެވެ.  

މި ބައްޔާއެކު އާސެނަލް އޮތީ ފަނަރަވަނައިގަ އެވެ. ސާދަ މެޗުން އާސެނަލްއަށް ލިބުނީ ސާދަ ޕޮއިންޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް