ads
ވިސާމް--
އަމިއްލަ ފަރުދުންގެ 31 ވިޔަފާރިއެއް އުވާލައިފި
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ 31 ވިޔަފާރިއެއް އެ މިނިސްޓްރީން އުވާލައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 31 ވިޔަފާރިއެއް ވަނީ ބާތިލްކޮށްފަ އެވެ. 

އިކޮނޮމިކް މިނިސްޓްރީން އުވާލާފައިވާ ތަންތަނު ތެރޭގައި އަމިއްލައަށް ހިންގާ ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަން ވެސް ހިމެނެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާތަނަށް 4000 އަށްވުރެ ގިނަ ކުންފުންޏެއް އުވާލާފަ އެވެ.

2014 ވަނަ އަހަރު އަމިއްލަ ފަރުދުންގެ ވިޔަފާރީ ގާނޫނެއް އެކުލަވާލައިފައި ވަނީ އަމިއްލަ އެފަދަ ފަރާތްތައް އެދާއިރާ އަށް ނެރެ އެމީހުންނަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް