ads
ފޮޓޯ: ސަން
ވިލިނގިލީ ފާމަސީއެއް ފަޅާލައި ނަގާފައިވަނީ މަސްތުވާ ޒާތުގެ ބޭސްތަކެއް: ފުލުހުން
ގއ. ވިލިނގިލީ އެސްޓޯ ފާމަސީއެެއް ފަޅާލައި ނަގާފައިވަނީ މަސްތުވާ ޒާތުގެ ބޭސްތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 08:2 ހާއިރު ކަމަށެވެ. 

އެތަނުން ވަގަށް ނަގާފައިވަނީ 1000 ދިވެހި ރުފިޔާއާއި ފަމަސީގެ ވަތްގަނޑުގައި ހުރި އަމަލުވާ ޒާތުގެ ބޭސްތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައި އަދި ބަޔަކު ހައްޔަރުކުރިކަން އެގިފައެއް ނުވެއެވެ. 

މައުލޫމާތު ލިބޭގޮތުގައި ފާމަސީ ފަޅާލާފައި ވަނީ އެތަނުގެ ބިއްލޫރި ގަނޑު ތަޅާލައިގެންނެވެ. އަދި ފާމަސީއަށް ވަނީ އެކިވަރުގެ ގެއްލުންތައް ދީފަކަމަށްވެސް މައުލޫމާތު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް