ads
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރޭ—
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާކަމަށެވެ. 

މިގޮތަށް އިލްތިމާސް ކުރިއިރު މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 10:30 އިން ފެށިގެން 16:00 އަށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. 

އަދި ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި އުޅެނީ 3–6 ފޫޓުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން އުޅޭނީ 2-5 ފޫޓުގައި ކަމަށް ވެސް މެޓުން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް