ads
ކައިވެނީގެ ފޮޓޯއެއް ----
އަހަރު ނިމުމުގެ ކުރިން އަންނާނެ އެންމެ ރީތި ތާރީހު: ކިތައް ކައިވެނި؟
މިއަދަކީ އަހަރު ނިމުމުގެ ކުރިން މުޅި މި މަސްތެރޭގައިވެސް ބައްދަލުކުރާނެ އެންމެ ރީތި އެއް ތާރީހެވެ.

ކައިވެންޏެއް ކުރުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތައް ކުރާއިރު ފުރަތަމަ ވެސް ކުރެވޭ މަޝްވަރާއަކަށް ވާނީ ކައިވެނީގެ ތާރީހާއިމެދު ކުރެވޭ ބަހުސްތަކެވެ. 

އަލަށް ހަޔާތުގެ ފޮނި އުންމީދުތަކާއިއެކު އެކަކު އަނެކަކު ކައިވެނީގެ ގުޅުމުން ގުޅޭއިރު ތާރީހު މުހިންމުވަނީ ބައިވަރު ސަަބަބުތަކަށްޓަަކައެވެ. ފަހުން ބަލާލަންވެސް ނޫނީ ފާހަގަކުރަންވެސް އެންމެންވެސް ބޭނުންވަނީ ރީތި ތާރީހެއްގައެވެ. އަދި ކައިވެނީގެ ސެޓްފިކެޓްގައިވެސް ރީތި ތާރީހެއް އޮތުމަކީ ކޮންމެެހެން މުހިންމުކަމަކަށް މިހާރު ވަނީ ވެފައެވެ. މިފަދަ އެތައް ސަބަބުތަކަށްޓަކައި ދެމަފިރިން ޒަވާޖީ ހަޔާތެއް ފަށާއިރު އެންމެ މުހިންމު ކަމަކަށް ވެފައި އޮންނަނީ ތަރީހެެވެ. 

ރީތި ތާރިހެއްގެ އިންތިޒާރުގައި ކައިވެނި ލަސްކޮށްގެން ތިބޭ މީހުންވެސް މަދެއްނޫނެވެ. މިކަން މިހެން އޮތްއިރު މިއަދުގެ ތާރީހަކީ އެފަދަ ފަރާތްކަށް މުހިންމު ތާރީހެކެވެ. މިއަދަކީ 20/12/20 ވަނަ ދުވަހެވެ. ތާރީހުގެ ރީތިކަމުން އެތަށް އަހަރަކުންސުރެ ރީތި ތާރީހެއްގައި ކާވެނީގެ ގޮށްޖެހުމަށް ކެތްމަދުވެފައިވާ އެތަކެއް ލޯބިވެރިންނެއް ކާވެނީގެ ގޮށްޖަހާނެކަން ޔަގީންތާއެވެ.

ފެމެލީ ކޯޓުގެ ތާފަސް ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ މިތާރީހުގައި މާލޭއިން އެކަނިވެސް ވަނީ 45 ކައިވެނިކޮށްފަ އެވެ. ފެމެލީކޯޓުން ސީއެންއެމްއަށް މައުލޫމާތު ދިންގޮތުގައި މި އަދަދަކީ އާއްމުކޮށް ކާވެނި ކުރާ އަދަދާއި އަޅާ ކިޔާ ކިޔާނަމަ ބޮޑުތަނުން އިތުރު އަދަދެކެވެ. އާއްމު ގޮތެއްގައި ދުވާލެއްގެ މަށްޗަށް މާލޭގައި ކުރެވޭ ކައިވެނީގެ އަދަދު އުޅެނީ 10 އަކާއި 20 އާއި ދެމެދެވެ. 

އެހެންކަމުން މިއަދު މިތާރިހުގައި ކުރެވުނު ކައިވެނީގެ އަދަދަކީ ބޮޑުތަނުން އިތުރު އަދަދެކެވެ. މިއަދަދު މިހާ މަށްޗަށް ދާން ޖެހުނު ސަބަބުތަށްވެސް ބައިވަރެވެ. ކޮވިޑް-19 އާއި ގުޅިގެން މުޅި އަހަރުހެން އޮންލައިންކޮށް ކައިވެނި ކޮށްދެމުން އާއައުން ހުއްޓުމަކަށް ގެނެސް ކޯޓުން ބޭރުގައިވެސް ކައިވެނި ކޮށްދެވޭ ގޮތް ވެގެން ދިޔުމުން މިއަހަރުތެރޭ ކައިވެނިކުރަން ތިބި ގިނަ ބަޔަކު ދިޔައީ ރީތި ތާރީހެއް ހޯދަމުންނެވެ. އެޔާއިއެކު މިއަދުގެ 20/12/20 މިތާރީހަކީ މިއަހަރު ނިމުމުގެ ކުރިން އަންނާނެ އެންމެ ރީތި ތާރިހް ކަމަށް ވާއިރު މިދުވަހު ކައިވެނި އިތުރު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. 

ކޮވިޑް-19 އާއި ގުޅިގެން ދިރިއުޅުމުގެ ގިނަ ކަންތައްތަކަކަށް ބުރޫއަރާފައިވާއިރު ކައިވެނިކުރުމަށް ވެސް އޮތީ ދަތިތަކެއް ކުރުމަތިވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ފެމިލީ ކޯޓުން ކައިވެނި ކޮށްދެމުން އައިސްފައިވަނީ އޮންލައިންކޮށެވެ. އެހެންނަަމަވެސް ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅުމާއިއެކު ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދުކޮށްދިނުމަށް ނިންމާ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ އަޤްދުކޮށްދިނުން ހުއްޓާލާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

އަދި ހަމައެއާއެކު، ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި އަގްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ގޮސްފައިވެއެވެ. ނަމަވެސް މިހާލަތުގައި ކައިވެނި ކުރުމަށްވެސް ހުއްދަދީފައިވަނީ އުސޫލުތަކާއިއެކުއެވެ. އެއީ ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރޭ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ނެވެ.

މިގޮތުން ކައިވެނީގެ މަޖިލިސް ބާއްވާ ތަން އެފަދަ މަޖިލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށްވެސް ފެމިލީ ކޯޓުން ވަނީ ބުނެފައިވެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް