ads
ކޮވިޓް ވެކްސިންގެ ފޮޓޮއެއް
ކޮވިޑް ވެކްސިން ލިބުން ލަސްވާނަަމަ 15000 މީހުން މަރުވާނެ: އީޔޫ
ޔޫރަޕިއަން ޔޫނިއަން، އީޔޫ ގައުމުތަކަށް ވެކްސިން ލިބުން ލަސްވާނަަމަ 15000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވުޕާޓަލް ޔުނިވަސިޓީގެ އިކިނޮމިސްޓް ޕްރޮފެސާ ޕައުލް ވެލްފެންސް ވިދާޅުވެއްޖެއެވެ.

ޑެއިލީ މެއިލްގައި ރިޕޯޓު ކޮށްފައިވާގޮތުގައި އީޔޫގެ ގައުމުތަކަށް ވެކްސިން ލިބުމަށް އަދި އިތުރު ހަފްތާއެއް ނަގާނެ ކަމަށް ބެލެވެއެވެ. އަދި ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އިން މާދަމާ ބައްދަލުކޮށް، އީޔޫއިން ބަލައިގަންނާނީ ފައިޒާ ވެކްސިންތޯ ނުވަތަ ބަޔޯޓެކްގެ ވެކްސިންތޯ ނިންމާނެ އެވެ.

އީޔޫ ކޮމިޝަން ޕްރެސިޑަންޓް އުރްސަލާ ވޮން-ޑާ ލޭއެން އާއި ހަވާލާ ދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ނިންމުމަށްފަހު އެ ސަރަހައްދުގެ ގައުމުތަކުގައި ވެކްސިން ދޭން ފެށޭނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

ނަމަވެސް ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ މެމްބަރުން ވެކްސިންގެ ކޮލިޓީ އަދި ރައްކާތެރިކަމާއެކ ހިތްހަމަ ނުޖެހިއްޖެ ހާލަތެއްގައި އީޔޫގައި ބޭނުންކުރާނެ ވެކްސިނެއް ނިންމުން ލަސްވާނެ ކަމަށް އެ ކޮމިޓީންވަނީ ބުނެފައެވެ. 

އީޔޫގައި ކޮވިޑް ވެކްސިން ބޭނުން ކުރުން ލަސް ވެއްޖެ ނަމަ އޭގެ ނަތީޖާއެއްގެ ގޮތުން 15000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްރޮފެސާ ވެލްފެންސް ވިދާޅުވެފައިވަނީ މިކަމާ ގުޅިގެންނެވެ. ޕްރޮފެސާ ވެލްފެންސް ވަނީ 90 ދުވަހު ތެރޭ މުޅި އާބާދީއަށް ވެކްސިން ޖެހޭނެ ފަދަ "ތޫބޯ ޕްލޭނެއް" ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އީޔޫގެ ގައުމުތަކުގައި ކޮވިޑް ވެކްސިން ދިނުމާއި ގުޅިގެން އަދިވެސް މަޝްވަރާ ކުރަމުން އަންނަ އިރު އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭން ވަނީ ފަށާފައެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހު އަށް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް