ads
ކޮންޑޯ އެއާލައިންސްގެ ފްލައިޓެއް ވެލާނާ އެއާޕޯޓުގައި--- ފޮޓޯ: އެމްއޭސީއެލް
ކޮންޑޯ އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި
ޖަރުމަނުވިލާތުގެ ކޮންޑޯ އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އިއްޔެ ދަތުރުތައް އަލުން ފަށާފައިވާ ކޮންޑޯ އެއާލައިނުން ހަފްތާއަކު ދެ ދަތުރު ބާއްވާ އިރު، އެ އެއާލައިންގެ ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ޖަރުމަންވިލާތުގެ ފްރޭންކްފާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ޗުއްޓީ އަށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި މަޝްހޫރު ކޮންޑޯ އެއާލައިނުން ވަނީ މީގެ ކުރިން ވެސް ފަތުރުވެރިކަމުގެ އެންމެ ހައި ސީޒަންތަކުގައި ވެސް ރާއްޖެއަށް ދަތުރުތައް ބާއްވައިފަ އެވެ.

ޖަރުމަންވިލާތުގެ އެހެން އެއާލައިނެއް ކަމަށްވާ ލުފްތަންސާ އިން ވެސް ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަ އިރު، އެ އެއާލައިނުން ވެސް ދަތުރުތައް ކުރާނީ ފްރޭންކްފާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާ އަކު ދެ ދަތުރެވެ.

ރާއްޖެއަކީ ޖަރުމަންވިލާތުގެ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެކެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 32،072 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލި ފަހުން އެގައުމުން އެކަނިވެސް 6،255 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް