ads
ތިނަދޫ އިންޖީނުގެ
ތިނަދޫ ކަރަންޓުގެ މައްސަލަ މިދަނީ ހައްލުކުރަމުން: ފެނަކަ
ތިނަދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ފެނަކަ ކޯޕަރޭސަން ލިމިޓެޑް އިން ބުނެފިއެވެ.

ގދ. ތިނަދޫ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ރޭ ދަންވަރު 3:15 އިން ފެށިގެން އެރަށުން ކަރަންޓު ގޮސްފައިވާއިރު އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން މިއަދު ބުނެފިއެވެ.

"ފެނަކައިން ބުނެފައިވަނީ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށާއި އިރާދަ ކުރެވިއްޔާ މައްސަލަ ހައްލުކުރެވި ދާދި އަވަހަަށް ހިދުމަތް ދެވޭނެ ކަމުގެ ޔަގީކަން އަރުވާން. މިވަގުތު ތިނަދޫގެ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ތަކަށްޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށާއި ކެތްތެރިކަމާއެކު އެެއްބާރުލުން ދެއްވުމަށްވެސް އެދެން،" - ފެނަކަ -

ގދ. ތިނަދޫ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގަ ރޭ ދަންވަރު 3:00 ހާއިރު އެ ރަށުން ވަނީ ކަރަންޓު ގޮސްފައެވެ. އެރަށުން މައުލޫމާތުދިން ބައެއް ފަރާތަތުން ބުނި ގޮތުގައި ކަރަންޓު ކެނޑުމުގެ ކުރިން އިންޖުގޭ ތެރެއިން "ގޮވުމެއް" ގޮވިކަމަށަށެވެ.

އެރަށުގެ އިންޖީންގެޔަކީ ކުރިންވެސް އަލިފާނުގެ ހާދިސާއެއް ހިގާފައިވާ އިންޖީނުގެއެކެވެ. އަދި އެ ހާދިސާގެ ފަހުން ތިނަދޫ އަށް ކަރަންޓުގެ މައްސަލަ ދިމާވާތާ ދުވަސްކޮޅެއް ވެފައިވާކަމަށް އެ ރަށުގެ ބައެއްފަރާތް ތަކުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް