ads
ކަނޑުގަދަ ދުވަހެއްގައި ބޯޓެއް ދަތުރު ކުރަނިކޮށް
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
ކ. އަތޮޅުން ފެށިގެން ވ.އަތޮޅަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރްވިސް (މެޓް) އިން ޔެލޯ އެލާޓު ނެރެފިއެވެ.

މެޓް އިން ވަނީ މިޔަދުގެ 13:00 އިން 17:00 އަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅު ޔެލޯ އެލާޓް ނެރިފައެވެ. 

"ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެށީގެންވޭ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ،" - މެޓް -

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ސިފައިން ވެސް ވަނީ އިއްޔެ އިލްތިމާސް ކޮށްފައެވެ.

ރާޖޭގެ ބޮޑު ސަރަހަށްދަކަށް މެޓުން ވައިޓް އެލާޓް ނެރިފައިވާއިރު ކޮޅިގަޑުގައި ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި އުޅެނީ 3–6 ފޫޓުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން އުޅޭނީ 2-5 ފޫޓުގައި ކަމަށް ވެސް މެޓުން ބުނެ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް