ads
މާލޭ ސިޓީގެ މޭޔަރު ޝިފާ--
ދެން މަސައްކަތް ކުރާނީ ވިލިނގިލީގައި ޕާކު ތަރައްގީ ކުރަން: ޝިފާ
ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ވިލިނގިލީގައި ޕާކު ތަރައްގީކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އެސްޓީއޯ ޕާކް އަދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވިލި ގިލީގައި ޕާކް ތަރައްގީ ކުރާނީ ކޮން ސަރަހައްދެއްގައި ކަމެއް އެނާ ވިދާޅެއް ނުވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ އަލަށް ހުޅުވި ބަސް ސްޓޮޕާއި އެ ސަރަހައްދުގައި ތަރައްގީ ކުރި ޕާކު އަދި އައުޓްޑޯ ޖިމަކީ މާލެ ސިޓީގެ ރައްޔިތުންނަށް އޭގެ ފުރިހަމަ ބޭނުން ކުރެވޭނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

ޝިފާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަމުގައި އެކި ކުންފުނިތަކާއެކު މަސައްކަތް ކުރެވެމުންދާ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. 

ޝިފާ ވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލުތަކަށް ބާރު ދެއްވީތީ ރައީސް ސޯލިހު އަށް ޝުކުރު ދަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކުން ކައުންސިލްތަކާއެކު މަސައްކަތް ކުރުމުގެ ރޫހު އާލާވެ، ކުންފުނިތަކުން ކައުންސިލާއެކު މަސައްކަތް ކުރުމުން މާލެ ސިޓީއަށް އެކި ކުރިއެރުންތައް ލިބިފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

އެސްޓީއޯގެ އެހީއާއެކު ޕާކަކާއި ބަސް ސްޓޮޕެއް ގާއިމުކޮށް، ރަސްމީކޮށް ހުޅުވިއިރު، ދެން ކުރިއަށް އޮތްތަނުގައި ކައުންސިލުން މަސައްކަތް ކުރާނީ ވިލިނގިލީގައި ޕާކުތައް ތަރައްގީކުރުމަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

މާފަންނު ވެސްޓް ޕާކު ސަރަހައްދުގައި ރޭ ހުޅުވި، އެސްޓީއޯއިން ތަރައްގީކޮށްފައިވާ ޕާކު ފަރުމާކޮށްފައިވަނީ އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެހެން އިށީންނާނެ ބެންޗުތަކެއްގެ އިތުރުން އައުޓްޑޯ ޖިމަކާއެކުއެވެ. އަދި މި ސަރަހައްދުގައި އެސްޓީއޯއިން ވަނީ މާލެއާއި ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދުއްވާ ބަސްތަކަށް ހާއްސަކޮށް އިތުރު ބަސް ސްޓޮޕެއް ތަރައްގީކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް