ads
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ބޭއްވި ސައިކަލް ބުރު
އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވަނީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިިކޮޅު، ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި 8:30 ގައި ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ކަމާއި ބެހޭ ފަރާތްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށާއި އެގޮތުން މިފަހަރު އުއްމީދުކުރަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުންނެވެ.

ވިސްނާގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާގައި ސަޕްރައިޒިން ކަންތައްތަކެއް ވެސް ފެންނާނެ ކަމަށާއި އެގޮތުން ޖަލްސާ ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅުން ވަނީ ކާނިވާ ސަރަހައްދު ދޫކުރުމުގެ ހުއްދައަކަށް އެދިފަ އެވެ. އެހެންނަމަވެސް، އެ ހުއްދަ ނުދީ އެޗްޕީއޭ އިން އެދުނީ ވާޗުއަލްކޮށް ރަސްމިއްޔާތު ބާއްވާށެވެ. އެހެންވެ، އިދިކޮޅުން ފަހުން ވަނީ ޕީޕީއެމް އޮފީސް ކުރިމަތީ އެ ހަރަކާތް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް