ads
އޮސްކާ ބްރޫޒޮން
ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން މިއަދު ފަށަނީ
ބަޝަންދުރާ ކިންގްސްއާ، ރަމަތްގާންޖް ފެޑެރޭޝަން ކަޕުގައި ކުޅޭ މެޗުން ބަންގްލަދޭޝްގެ ފުޓްބޯޅަ މިއަދު ފަށާނެއެވެ. ބަންގްލަދޭޝް ފުޓްބޯޅަ ސީޒަން މިއަދު މި ފަށަނީ، ކޮވިޑާ ގުޅިގެން އެންމެ ފަހު ސީޒަން ކެންސަލް ކުރުމަށް ފަހު ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހުއެވެ.

ފެޑެރޭޝަން ކަޕުން މިއަދު ބަންގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ފަށާއިރު މިއަދުގެ މެޗުގައި އެއްކޮޅުން ކުޅޭ ބަޝަންދުރާއަކީ އެންމެ ފަހުގެ ފެޑެރޭޝަންކަޕް އަދި ލީގުގެ ޗެމްޕިއަނުންނެވެ. އެ ޓީމުގެ ކޯޗަކީ، ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރޫޒޯންއެވެ. ބަޝަންދުރާ ކިންގްސްއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައިވެސް ހިމެނޭ ޓީމެކެވެ. 

މީގެ އިތުރުން މި އަހަރު ކެންސަލް ކުރި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައިވެސް އެ ޓީމު ހިމެނުނެވެ. އެ ޓީމުން އޭއެފްސީގައި ކުޅުނު ހަމައެކަނި މެޗުގައިވަނީ ރާއްޖޭގެ ޓީސީ އަތުން ބޮޑު ތަފާތަކުން މޮޅުވެފައެވެ.

ބަންގްލަދޭޝްގައި ޑޮމެސްޓިކް މެޗެއް އެންމެ ފަހުން ކުޅެފައިވަނީ މި އަހަރުގެ މާރިޗު މަހުއެވެ. މާރިޗު މަހު، ކޮވިޑާ ގުޅިގެން ސީޒަން ކެންސަލްކުރި ފަހުން މި ދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ދެ މެޗެއް ކުޅުމާ ހަމައަށް އެ ގައުގައި ފުޓްބޯޅައިގެ ހަރަކާތްތައް އޮތީ ހުއްޓާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް