ads
މަސްވެރިންގެ މުޒާހަރާގެ ތެރެއިން:--
މަސްވެރިންނަށް ޖަވާބުދޭން މިފްކޯ އަށް ދިނީ އެއް ގަޑި އިރު!
މަސްވެރިންގެ ޝަކުވާތަކަށް ޖަވާބެއް ދިނުމަށްޓަކައި މިފްކޯ އަށް ގަޑިއިރެއްގެ މުހުލަތެއް ދީފި އެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބޭ ކަމަށް ބުނެ، މިއަދު ހެނދުނު 8:00 އިން ފެށިގެން މަސްވެރިން އަންނަނީ ފެލިވަރުގެ ފަޅުތެރޭގައި މުޒާހަރާ ކުރަމުންނެވެ.

އެ މަސްވެރިންގެ ފަރާތުން މަންދޫބެއް ފެލިވަރުގެ އިސްބޭފުޅަކާއި ބައްދަލުކޮށްފައިވާ އިރު، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށާއި، ޖަވާބެއް ދިނުމަށް ގަޑިއިރެއްގެ މުހުލަތެއް ދީފައިވާ ކަމަށް އެ މަސްވެރިޔާ ޗެނަލް 13 އާއި ހަވާލާދީ މައުލޫމާތުދީފައިވެ އެވެ.

މިއަދުގެ މުޒާހަރާގައި މަސްވެރިން ގޮވާލާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެ ފަރާތްތަކަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރަން ބޭނުންވާ ކަމަށް މަސްވެރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވިހި ރުފިޔާ އަށް ވުރެ މަހުގެ އަގު މަތިކޮށް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ކިރުމަށް ހޭދަވާ ވަގުތާއި، އައިސް ލިބުމަށް ހޭދަވާ ވަގުތު އަވަސްކުރުމުގެ އިތުރުން ބާނާ މަހަށް ހަމަ އަގު ދިނުމަށާއި، މިނިސްޓަރު ޒަހާ އާއި މިފްކޯގެ އިސްބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ.

މީގެ ކުރިން ކަންނެލީގެ އަގު ދަށްވެފައިވާތީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އެދިފަ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް