ads
މާޝިއަލް އަދި ކަވާނީ
ފަހު ވަގުތުގެ ގޯލުތަކުން ޔުނައިޓެޑް ސެމީއަށް
މެޗުގެ ފަހު ވަގުތު ޖެހި ލަނޑުތަކުން އެވަޓަން ބަލިކޮށް އިނގިރޭސި ލީގުކަޕުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ. އެވަޓަންގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.

ލީގު ކަޕުގެ ކުއާޓާ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުގެ ދެ ލަނޑު، މެޗުގެ އެންމެ ފަހު ފަސް މިނިޓްގެ ތެރޭގައި ޖަހައިދިނީ އެޑިސަން ކަވާނީ އަދި އެންތަނީ މާޝިއަލްއެވެ. 

ސެމީ ފައިނަލްގައި ޔުނައިޓެޑް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ސިޓީ ސެމީ ފައިނަލަށް ދިޔައީ ކުއާޓަރ ފައިނަލްގައި އާސެނަލް ބަލިކޮށްގެނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް