ads
ބީއެމްއެލް --- ފޮޓޯ: ބީއެމްއެލް
ނަގުދު ފައިސާ ނެގޭނީ ގިނަވެގެން ދުވާލަކު 200،000 ރުފިޔާ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ނަގުދު ފައިސާ ނެގޭ އަދަދަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އެންގުމާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމަށް އަމަލު ކުރާނީ 31 ޑިސެމްބަރު 2020 ފެށިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެގޮތުން 31 ޑިސެމްބަރު 2020 އިން ފެށިގެން ދުވާލެއްގެ މައްޗަށް ހުރިހާ މުއާމަލާތެއް ހިމެނޭހެން، ކަސްޓަމަރުންނަށް ނަގުތު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 200،000 ރުފިޔާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

ބީއެމްއެލް އިން ބުނީ މި ނިންމުމަކީ ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށެވެ.

މިއީ ދުވަލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭ މިންވަރު އެމްއެމްއޭއިން ލިމިޓުކުރި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް