މިއަދު 64 ވަނަ އުފަންދުވަސް ފާހަގަކުރާ އަނިލް ކަޕޫރު ބުނީ އޭނަގެ ހަޔާތުގައި އެންމެ މުހިންމު އެއްޗިއްސަކީ ފިލްމާއި ފިޓްނަސްއާއި އަދި އާއިލާއަށް އޮންނަ ލޯބިކަމަށެވެ.
އަނިލްކަޕޫރުގެ ފިލްމީ ހަޔާތަށް ބަލާއިރު ކާމިޔާބު ގިނަ ފިލްމްތަކެއް ވަނީ ބެލުންތެރިންނަށްފެނިގެންގޮސްފައެވެ.
އެގޮތުން ފިލްމް ތޭޒާބް، ބޭޓާ، މިސްޓާ އިންޑިޔާ، ތާލް، ޕުކާ އަދި މިފަހުން ރިލީޒްކުރި ދިލް ދަޅަކްނެ ދޯވެސް ހިމެނެއެވެ.
އަނިލް ކަޕޫރު މިހާރު މަސައްކަތްކުރަމުންދަނީ ދަރްމާ ޕްރޮޑަކްސަންސް ބެނަރގެ ދަށުން ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ޖުގްޖުގް ޖިޔޯ ކިޔާ ފިލްމެއްގެ މަސައްކަތެވެ.