ads
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނިއުސް ކޮންފެރެންސްގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް މީޑިއާ
އިދިކޮޅުން ކާނިވަލުގައި ޖަލްސާ ބާއްވަން ހުއްދަދީފި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައިވާ ކަމަށެވެ.

އެ ހުއްދަ އެޗްޕީއޭ އިން މިފަހަރު ދިންއިރު މިފަހުން ވެސް ކާނިވަލުގައި ޖަލްސާއެއް ބާއްވަން އެޗްޕީއޭގެ ހުއްދައަށް އިދިކޮޅުން އެދުނެވެ. އެހެންނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން ވަނީ ވާޗުއަލްކޮށް ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. 

އިދިކޮޅުން ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފަ އެވެ. 

ޝުޖާއު ވިދާޅުވި ގޮތުގައި މި ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުންނެވެ.

ވިސްނާގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާގައި ސަޕްރައިޒިން ކަންތައްތަކެއް ވެސް ފެންނާނެ ކަމަށާއި އެގޮތުން ޖަލްސާ ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް