ads
އިހަވަންދޫގައި މަސްވެރިން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން--- ފޮޓޯ: ފޭށްބުކް
ފެލިވަރަށް ފަހު، އިހަވަންދޫގައިވެސް މަސްވެރިން އިހުތިޖާޖު ކޮށްފި
މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ހއ. އިހަވަންދޫގެ މަސްވެރިން އިހުތިޖާޖުކޮށްފި އެވެ.

މިއަދު މެންދުރުފަހު 2:00 އިން ފެށިގެން އިހަވަންދޫގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި އެ ރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ އިރު، މަސްވެރިން އަންނަނީ އެކި ޝުއޫރުތައް ޖަހާފައި ހުރި ބޯޑުތައް ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ.

your imageމަސްވެރިއެއް ޝުއޫރު ބޯޑެއް ހިފައިގެން--- ފޮޓޯ: މަސްވެރި އިހަވަންދޫ ފޭސްބުކް

އެ އިހުތިޖާޖުގައި ބައިވެރިވި އިހަވަންދޫ މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ. ބާނާ މަހަށް ހަމަ އަގު ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ކާބޯތަކެތި ހޯދުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މަސްވެރިން ފާހަގަކޮށްފައިވެ އެވެ.

ދެވަނަ ކަންބޮޑުވުމަކަށް މަސްވެރިން ފާހަގަކޮށްފައިވަނީ މަސް ކިރާ އަގު ދަށްވެ، ކިރުމަށް ނަގާ ވަގުތު ދިގުލައިގެން ދިއުމެވެ. މީގެ ކުރިން 20 ރުފިޔާ އަށް ނުވަތަ 16 ރުފިޔާ އަށް މަހުގެ ކިލޯއެއް ކިރަމުން އައިސް ފަސް ރުފިޔާ އާއި ނުވަ ރުފިޔާއާއި ދެމެދަށް އަގު ދަށްވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. ދާދިފަހުން މިނިސްޓަރު ޒަހާ ވިދާޅުވެފައިވާ ވާހަކަފުޅަށް އަލި އަޅުވާލައި، މަސްވެރިން ވަނީ ޒަހާ ހިސާބު ހެއްދެވީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ވަނީ ސަރުކާރުން މަސްވެރިން ބިކަ ކޮށްލައިފި ކަމަށާއި، މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތްނުކުރާ ކަމަށް ބުނެ، މިނިސްޓަރު ޒަހާ އަށާއި ރައީސް ސޯލިހު އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.

ދާދިފަހުން މަސްވެރިން ވަނީ ފެލިވަރުގެ ފަޅުތެރޭގައި ވެސް މުޒާހަރާކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް