ads
ލަކްޝީ--
58 މިނެޓުން 46 ބާވަތުގެ ކާނާ ތައްޔާރުކޮށް މި ކުއްޖާ ރިކޯޑް ފޮތަށް!
ތަމިލް ނާޑޫގެ އަންހެން ކުއްޖަކު މިވަނީ ޔުނިކޯ ބުކް އޮފް ވޯލްޑް ރިކޯޑްސްއަށް ތަފާތު ހުނަރަކާއެކު އަރާފަ އެވެ.

ޗެންނާއީގައި މިމަހުގެ ތެރޭގައި ބޭއްވި މުބާރާތެއްގައި މި ކުއްޖާ އެ ރިކޯޑު ފޮތުން ޖާގަ ހޯދީ، އެންމެ 58 މިނެޓްގެ ތެރޭގައި 46 ވައްތަރެއްގެ ކާނާ ތައްޔާރުކޮށްގެންނެވެ. 

ލަކްޝްމީ ސައި ސްރީ މި ޖާގަ ކަށަވަރުކުރުމަށް ފަހު އިންޑިއާގެ ނޫސްތަކަށް ބުނީ އޭނާ ކެއްކުމަށް ޝައުގުވެރިކަން އުފެދިފައިވާތީ ޓްރެއިންކޮށްދިނީ މަންމަ ކަމަށެވެ. އެގޮތުން މަންމައާއެކު ކައްކަން ދަސްކުރިކަން ފާހަގަކޮށް ބުނީ އެ ހިސާބަށް އާދެވުމުން ވަރަށް އުފާވާ ކަމަށެވެ.

އެ ކުއްޖާގެ މަންމަ ނޫސްތަކަށް ބުނި ގޮތުގައި އެކުއްޖާ ކައްކަން ފެށީ މި ލޮކްޑައުންގެ ތެރޭގަ އެވެ. އެގޮތުން ވޯލްޑް ރިކޯޑެއް ހޯދަން މަސައްކަތްކުރަން ހިޔާލު ދިނީ ލަކްޝްމީގެ ބައްޕަ ކަމަށް ބުނެ އެވެ.

މަންމަ ބުނި ގޮތުގައި ތަމިލް ނާޑޫގެ ތަފާތު ކާނާތައް އޭނާއަށް ކައްކަން އެނގެ އެވެ. އެގޮތުން ލޮކްޑައުންގައި ދަރިފުޅު ގިނަ ވަގުތު ބަދިގޭގައި ހޭދަކުރަން ފެށުމުން އޭނާ ކެއްކުމަށް ޝައުގުހުރިކަން އެނގުން ކަމަށާއި އެކަން ބައްޕައަށް ހިއްސާކުރީ އެހިސާބުން ކަމަށް މަންމަ ބުނެ އެވެ. 

އެ ހިސާބުން ބައްޕަ ފެށީ ދިރާސާ ކުރުމަށެވެ. އެގޮތުން އެނގިގެންދިޔައީ އުމުރުން 10 އަހަރުގެ ކެރެލާއަށް ނިސްބަތްވާ ކުއްޖަކު 30 ކާނާގެ ބާވަތް ތައްޔާރުކޮށް ރިކޯޑު ފޮތުގައި އޮތް ކަމެވެ. އެހެންވެ ބޭނުންވީ ދަރިފުޅު ލައްވާ އެ ރިކޯޑު މުގުރާލާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް