ads
ނަޝީދަކީ ދީނުގެ އަދުއްވެއް ކަމަށް ޑރ އިޔާޒް ސިފަކުރެއްވުމުން އެމްޑީޕީ ރަތައް!
ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ދުވަސް ފާހަގަކުރާ މީހުންނަށް އުފާވެރި ދުވަހަކަށް އެދޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓްވީޓް ކުރެއްވުމާއިއެކު، އެމަނިކުފަނީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ޑރ އިޔާޒް ސިފަކުރެއްވުމުން އެމްޑީޕީގެ ގިން މެމްބަރުންތަކެއް އެމަނިކުފާނުގެ ދިފާއުގައި ތެދުވެއްޖެއެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން ޑރ އިޔާޒް ވިދާޅުވީ، ހައްދު ފަހަނައަޅާ ގޮސްފައިހުރި ދީނުގެ އަދުއްވުން ފިޔަވައި، މުސްލިމަކު ކްރިސްމަސް ފާހަގަ ކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުން ރަނގަޅު ކަމަށް ނުބުނާނެ ކަމަށެވެ.

މިކަމަށް ރަށްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ، ޑރ. އިޔާޒް ހެއްދެވީ ގޯހެއް ކަމަށެވެ. 

އަދި ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ގަބޫލުކޮށް އެ ދީނުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި ދީނުގެ އަދުއްވުން ކަނޑައެޅުން އޮންނަނީ ގާނޫނުން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޑރ. އިޔާޒް، ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފުވެލައްވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އިޔާޒްގެ ވާހަކަ ތަކަށް ރަށްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ ވިފދާޅުވީ ޑރ. އިޔާޒް އަކީ އެއް ދީނެއްގެ ތެރޭގައިވެސް އުޅެން އެނގިވަޑައި ނުގަންނަވާ ބޭފުޅެއް ކަމަށެވެ. 

އަދި އެނޫން މުޖުތަމައު އެއްގައި އުޅެން ޖެހިއްޖެނަމަ ޑރ. އިޔާޒްގެ ހާލަކީ ކޮބައިތޯ ސުވާލު އުފައްދަވައި އިމްތިޔާޒް ވަނީ ޑރ. އިޔާޒް އަށް ފާޑުވިދާޅިވެފައެވެ. 

ޑރ. އިޔާޒްގެ ވާހަކަފުޅަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވެސް ވަނީ ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. 

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށާއި، މީހުންގެ އަގީދާ މިން ކުރުމަކީ އަދި ދީނުގެ އަދުއްވުން ކަނޑައެޅުމަކީ ޑރ. އިޔާޒް ކުރައްވަން އޮތް ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުންވެސް ހަސަން ލަތީފް ވިދާޅުވީ، ޑރ. އިޔާޒްގެ މި ބަސްފުޅުން، އިސްލާމް ދީނަކީ ޖަދަލުވެރި އުސޫލުތަކެއް އޮންނަ ދީނެއްކަމަށް ފެންނަކަމީ ހިތާމަވެރި ކަމެއް ކަމަށެވެ. 

ކްރިސްމަސް ދުވަހާއި ގުޅިގެން އެދުވަހުގެ ތަހުނިޔާ ދަންވައި ރައީސް ނަޝީދު ޓްވީޓް ކުރައްވާފައި މިވަނީ، ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް އިލްމުވެރިންގެ ގުޅުމުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނިކޮށެވެ. 

23%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް