ads
މާލޭ ސިޓީ ކައުންސިލްގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު، އަހުމަދު ޒަމީރު:-
ސިޓީ ކައުންސިލް ނުކުމެ ކުނި ނެގުމަކީ ހައްލެއް ނޫން: ޒަމީރު
ސިޓީ ކައުންސިލުން ނުކުމެ ކުނި ނެގުމަކީ ހައްލެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު، އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން ގެންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލޭ މަގުތަކުގައި ހުރި ކުނި ނެގުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ސީއެއްންއެމްއާ ވާހަކަ ދައްކަވަމުންނެވެ. 

ޒަމީރް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓު ވެސް ނަގާފައެވެ. 

"މިގޮތައް މަގުތަކުން ކުނި ނެގުމަކީ ހައްލެއް ނޫން. ހައްލަކީ ފަރުދީ ޒިންމާ އަދާކުރުން. ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ތިމާ މަސައްކަތް ކުރުމަށް ކުރަންވީ. އަވަށްޓެރިޔާ ކުނި އަޅާނަމަ ނަސޭހަތްތެރިވާންވީ, ޒަމީރު

ޒަމީރު މިހެން ވިދާޅުވިއިރު މިއަދު ކުރިއަށް ގެންދިޔަ އިވެންޓުގައި ވެސް މާލޭގެ ތިން ސަރަހައްދަކުން 51.5 ޓަނުގެ ކުނި ނަގާފައިވެއެވެ. 

އެއީ ފަޅުމަތީ މަގުން 28 ޓަނުގެ ކުންޏާއި އިންޑަސްޓްރިއަލް ޒޯނުން 19.5 ޓަނުގެ އިތުރުން އެކި މަގުތަކުން 4 ޓަނުގެ ކުންޏެވެ. 

your imageމިއަދު މާލޭ މަގުތައް ސާފު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް