ads
ކޭކެށް
ޕާޓީ ކްލަސްޓާ ބޮޑުވެ 41 މީހުން ޕޮޒިޓިވެއްޖެ
ޝީ ބިލްޑިންގުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކައިވެނި ޕާޓީން މިހާތަނަށް 41 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޮންޓެކްސްގެ އަދަދު 116 އަށް ވުރެ މަތި ކަމަށް ހެލްތު ޕްރޮޓެކްޝަންސް އޭޖެންސީ (އެޗްއީއޯސީ)ން ރޭ ބުނެފި އެވެ.

 އެ ކައިވެނި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި އިރު ފުރަތަމަ ކޭސް ފެނުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވެ، އޭގެ އަނެއް ދުވަހު 21 މީހުންނާއި އިއްޔެ އަށް މީހުން ޕޮޒިޓިވްވި ކަމަށް އެޗްއީއޯސީން ބުންޏެވެ.

ހަފްލާގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި، ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތައް ކަރަންޓީނު ކުރަމުން އަންނަ ކަމަށާއި، އަދި ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ. 

އޭގެ އިތުރުން އެޗްޕީއޭއިން ވަނީ މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅި ތިއްބެވި ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭއަށް ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ޕާޓީތައް ފަދަ ބަންދުކޮށް ހުންނަ ތަންތަނުގައި ބާއްވާ އެއްވުންތަކަކީ ކޮވިޑް ފެތުރިފައި އޮންނަ ހިސާބެއްގައި ކުރަން ރައްކާތެރިކަމެއް ނޫނެވެ. 

ކޮވިޑް-19 ފެތުރެން ފެށީންސުރެ ވެސް ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަނީ އިންޑޯ ނުވަތަ ބަންދު ތަންތަނުގައި ގިނަ މީހުން ބައިވެރިވެގެން އިވެންޓްތައް ނުބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް