އުފާ ތުހުމަތުކޮށްފައިވާގޮތުން އެމްޑީއެން ހިންގުމުގައި ހަރަކާތްތެރިވަނީ ދިވެހި ދައުލަތުގެ އިސް ދެ ބޭފުޅުންނެވެ. އެއީ ރައްޔިތުންގެ މަޖީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
ނަމަވެސް މި ތުހުމަތުތައް ދޮގުކޮށް އެމްޑީއެން އިން މިއަދު ބުނީ އެ ޖަމިއްޔާއަކީ އިސްލާމް ދީނާއި ގުޅޭގޮތުން އުފާގެ ވީޑިއޯގައި ކޮށްފައިވާ ތުހުމަތުތަކަކީ "އެއްވެސް މިންވަރަކަށް ތެދު ނޫން" ކަމަށެވެ.
މި ދިޔަ ހަފްތާގައި އުފާ އާންމުކުރި ވީޑިއޯގައި އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާގެ އަތުން ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފޭސްބުކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، "ޖުހާ" އަދި އިތުރު ޕޭޖުތަކެއް ހިންގާ ކަމުގެ ތުހުމަތުގަ ކަމަށް ބުނެފަ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް އުފާ ބުނީ، އެ އަތުލިތާ މިހާރު އަހަރެއް ފާއިތުވެގެންގޮސްފައިވާއިރު އަދިވެސް އޭނާއަށް އެ ސާމާނު އަނބުރާ ނުލިބޭ ކަމަށެވެ. އުފާ ބުނި ގޮތުގައި އޭނާއަށް އެ ތަކެތި އަނބުރާ ލިބިފައި ނުވަނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ ނުހަދައިގެންނެވެ.
އެގޮތުން މީގެ ކުރިން އިސްލާމްދީނަށް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު އެމްޑީއެން އިން އޭނާއަށް ގުޅައި، މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފިނަމަ ހިމާޔަތް ހޯދައިދީ، އޭނާގެ ސާމާނު ވެސް އަނބުރާ ހޯދައިދޭނެ ކަމަށް ބުނި ކަމަށެވެ. މި ތުހުމަތުތަކާއި ގުޅިގެން އެމްޑީއެންއާއި ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.
އުފާ ވަނީ އެމްޑީއެން އިން އޭނާ ތައިލެންޑަށް ގެންދިޔަ ކަމަށާއި އެގޮތުން އެތަނުގައި ތިބީ ރައީސް މުހައްމަދު ނަޝީދުގެ ސްޓާފުން ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އަދި އުފާ ވަނީ އެމްޑީއެންގެ އިސްވެރިންނަކީ ކޮމޮޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ނަޝީދު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އުފާ ބުނާ ގޮތުންނަމަ، އެމްއެންޑީއެންގެ އިސް ވެރިއެއް ކަމަށް ބުނަމުންދާ ޝަހިންދާ އިސްމާއިލްއަކީ އެތަނުގެ މަސައްކަތު މީހެކެވެ.
"ރައްޔިތުންގެ އިއްތިހާދުގެ" ކިޔާ ޖަމިޔާއަކުން ވަނީ ފަރާތުން ވަނީ ފުލުހުންނަށް އުފާގެ ތުހުމަތު ތަކާއި ގުޅިގެން ސިޓީއެއް ވެސް ފޮނުވާފައެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް ހޯދުމަށް ވެސް އިއްޔެ ސީއެންއެމްއިން ވަނީ އެދިފައެވެ. ނަމަވެސް މި މައްސަލައިގައި އަދި ފުލުހުން ޖަވާބެއް ނުދެއެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ވެސް އެމަނިކުފާނުވެސް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.
އެމްޑީއެންއިން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ދިވެހިރާއްޖޭގައި ދީނީ ހާލަތު އޮތްގޮތް ނުނެދޭން ނެރުނު ރިޕޯޓަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ޔޫތް މިނިސްޓްރީން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ވަނީ އުވާލާފައެވެ. ނަމަވެސް އެމްޑީއެން އިން ބުނަނީ އެ ޖަމިއްޔާ އުވާ ނުލެވޭނެކަމަށެވެ. އަދި އެ ޖަމިއްޔާ މިހާރު ވެސް ގެންދަނީ ހިންގަމުންނެވެ.