ads
ޕާސްޕޯޓް ކާޑް އަދި އައިޑީ ކާޑް
ލައިސަންސް ކާޑުގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭނެ: އިމިގްރޭޝަން
ލައިސަންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓް ކާޑު ބޭނުންނުކުރެވޭ ގޮތަށް އިމިގްރޭޝަންއިން މިއަދު ނިންމައިފިއެވެ.

އިިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ޕާސްޕޯޓް ކާޑާބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން މީގެ ކުރިން ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުންކުރިޔަސް، މިއަދުން ފެށިގެން އެހިދުމަތް ހޯދުމަށް ޕާސްޕޯޓް ކާޑު ބޭނުމެއް ނުކުރެވޭނެއެވެ.

ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކަށްވާއިރު މި ޕާސްޕޯޓު ކާޑު ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރައިގެން ދިއުމަށާއި، ރާއްޖެ އެތެރެވުމަށް ބޭނުން ކުރެވޭނެކަމަށް އިމިގްރޭޝަން އިން ވަނީ ކަނޑައަޅާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑާއި، ޕްރިޕެއިޑް ކާޑުން ލިބޭ ހިދުމަތްތައް ހޯދުމަށާއި، އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ހޯދުމަށާއި، ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުންކުރެވޭނެއެވެ.

މިއަދު ގެނައި އިސްލާހާއެކު ކުރިން ޕާސްޕޯޓް ކާޑު ބޭނުންކުރި ހިދުމަތްތަކުގެ ތެރެއިން އުނި ކޮށްފައިވަނީ ހަމައެކަނި ލައިސަންސް ކާޑުގެ ހިދުމަތްތައް ހޯދުން އެކަންޏެވެ. އަދި އިމިގްރޭޝަން އިން ދޫކުުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް