ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު--
ޕީޕީއެމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރު އުޅެން ޖެހޭނީ މަސް ދޯނީގައި: ޝުޖާއު
ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރު މަސްވެރިންނާއި އެކުގައި ދޯނި ފަހަރުގައި އުޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ފިޝަރީޒް މިނިސްޓަރަށް އަބަދު ކޮޓަރިކޮޅުގައި ނީންދެވޭނެ ކަމަށެވެ. އަދި މަސްވެރިންނާއި އެކު މިނިސްޓަރު ވެސް، މަސްވެރިންގެ އިހުސާސްތައް ދެނެގަނެ ހައްލު ހޯދުމަށް ދޯނިފަހަރުގައި އުޅޭނެ ކަމަށާއި، މަސްވެރިންނަށް އުފާ ފާގަތިކަން ހޯދައިދޭނީ ޕީޕީއެމްއިން ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެ، މުޒާހަރާ ކޮށްފައި ވަނިކޮށް، މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން ދާދި ފަހުން މަސްވެރިން ފެލިވަރުގައާއި އިހަވަންދޫގައި އިހުތިޖާޖު ކޮށްފައި ވަނިކޮށް، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭން ޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއް ގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށާއި ނަމަވެސް މި ވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ ބާނާ މަސްކޮޅު ނުކިރި ގިނަ ދުވަސް ވުމާއި އައިސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމާއި، ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބުމުގެ އިތުރުން މަސް ކިރުމަށް ފަހު މަހަށްވާ ފައިސާ ލިބުމުގައި ވެސް ގިނަ ދުވަސްތަކެއްވާ މައްސަލަ އެވެ. 

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް