ads
ފޮޓޯ: އަވަސް
އަހަރުގެ ފުރަތަމަ ދުވަސް: ވަކި ގަޑިތަކެއްގައި ފައިމަގުގައި އުޅޭ ގޮަތަށް ހަމަޖައްސައިފި
އާ އަހަރުގެ ފުރަތަމަ ދުވަހަކީ ވަކި ގަނޑިތަކެއްގައި ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ނިންމައިފި އެވެ

ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމަށާއި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފަ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖަނަވަރީ އެކެއް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ޒަރޫރީ ބޭނުމަށް އޮޕަރޭޓް ކުރަންޖެހޭ އުޅަދެއް ފިޔަވައި އެެހެން އެއްވެސް އުޅަނދެއް މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. 

ވެހިކަލްތަކުގެ ތެރެއިން އެވަގުތުތަކުގައި ދުއްވޭނެ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތުގެ އިތުރުން އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަށް އެކަންޏެވެ.

މީގެ ކުރީ އަހަރުތަކުގައިވެސް އާ އަހަރުގެ ފުރަތަމަ ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ނިންމާ އެ ދުވަހުގެ ބައެއް ގަނޑިތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް