ads
ޑިފެންސް މިނިސްޓަރު މާރިޔާ--
އަމިއްލަ ކަންކަމަށް ވަގުތުނުދީ ސިފައިން ތިބީ ގައުމީ ހިދުމަތަށް ވަގުތުދީގެން: މާރިޔާ
އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން ތިބީ ގައުމީ ހިދުމަތަށް ވަގުތު ހުސްކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

"އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި މައުލޫއަށް ދިވެހިންގެ އައްޑަނަ މަޖައްލާއަށް މިނިސްޓަރު މާރިޔާ މިފަހަރު ލިޔުއްވި ލިޔުމުގައި ވިދާޅުވީ، މިއަދު ކުރިމަތިވެފައިވާ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑާޝިޕްގައި ތިއްބެވި ބޭކަލުންގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެންދިޔައީ، ކެތްތެރިކަމާއި، ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. 

"އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން އެތިބީ ގައުމީ ހިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގަ. އާއިލާއާ ގާތް ރަހުމަތްތެރިނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި " ޕެންޑެމިކް" އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނައިރު، މި ދަޑިވަޅުގައި ވެސް ރައްޔިތުގެ މެދުގައި އެއްބައިވަންތަކަމައި ހަމަޖެހުން ކަށަވަރުކުރުމަށް ގައުމީ ދިފާއީބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު" ކަމަށް މިނިސްޓަރުގެ ލިޔުމުގައިވެއެވެ.

މިނިސްޓަރު އިތުރަށް ވަނީ މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫން ކަމަށާއި އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުންކަން ފާހަގަކުރައްވާފައެެވެ. 

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ  ދިވެހިން ފަހުރުވެރި ކުރުވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫހު ދިވެހި ތާރީހުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިއުމާމެދު ނުހަނު އުފާކުރައްވާ ކަމަށް ވެސް ލިޔުމުގައި މިނިސްޓަރު ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ގައުމަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރީޔާ އިބްރާޙިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅު މިއަދު މުޅި ގައުމު ބަލައިގަންނަކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް