ads
ސިފައިންގެ ތަމްރީނު ތެރެއިން-- ފޮޓޯ؛ އެމްއެންޑީއެފް
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށްގެން އަޑުއެހުމަކަށް
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްދިނުމަށް އެދި އަހްމަދު އަޒާން މަރްޒޫގް ހުށަހަޅާފައިވާ މައްސަަލައިގެ އާންމު އަޑުއެހުމެއް މާދަމާ 10:30 ގައި ބޭއްވުމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ މައްސަލައަކީ ގައުމީ ސަލާމަތައް ނުރައްކާވާ މައްސަލައެއް ކަމަށެވެ. 

އެހެންކަމުން އެ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ. 

ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ 

"އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ.ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި،" މީގެ ކުރިން ވެސް މި މައްސަލައިގައި ބޭއްވި އަޑުއެހުމެއްގައި ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. 

ސިފައިންގެ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަކަށްވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާކަމަށް ވެސް ސިފައިން ވަނީ ހާމަކޮށްފައެވެ.  

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ސިފައިން ވަނީ އޭރު ވެސް ބުނެފައެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާގޮތަށް ރާއްޖެއަށް ދީފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތައް ވެސް ކުމަށެވެ. 

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ބޮޑަށް ގުޅުން ބަދަހީ ޗައިނާއާއި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތްފަހުން ބޮޑަށް ގުޅުން ބާއްވަނީ އިންޑިއާއި އެވެ. 

މި މައްސަލައިގައި އިދިކޮޅުން ނުތަނަވަސްކަން ބޮޑުވެ “އިންޑިއާ އައުޓް” ގެ ނަމުގައި ކެންޕެއިނެއް ވަނީ ފަށަފައެވެ. 

މި މައްސަލައިގެ އިތުރު ވެސް ތިން މައްސަލައެއްގެ އާންމު އަޑުއެހުން ވަނީ މާދަމާއަށް ޝެޑިއުލްކޮށްފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް