ads
ކްރިމިނަލް ކޯޓު
ރުގްޔާގެ ނަމުގައި 4 މައިންނަށް އަނިޔާކުރި މައްސަލައިގައި ދެމީހަކަށް ދައުވާ ކުރަނީ
ރުގްޔާކުރުމުގެ ނަމުގައި ހަތަރު މައިން ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއިން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ.

އެގޮތުން މި ދައުވާ އަކީ 22 ޖޫން 2020 ދުވަހުން ފެށިގެން 30 އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާއީލް ވަހީދު އެގެއަށް ގެނައި މުހައްމަދު އަސީލް ކިޔާ މީހަކު ލައްވާ، ރުގްޔާ ކުރުމޭ ކިޔައިގެން، އިސްމާއީލް ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާއީލް ވަހީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ކަމަށް ޕީޖީން ބުނެއެވެ.

އެގޮތުން ޕީޖީން ވަނީ އިސްމާއީލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް އަދި މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައެވެ.

އިސްމާއީލް ވަހީދުގެ މައްޗަށް ޕީޖީން ކުރާ ދައުވާތަކުގެ ތެރޭ ހިމެނެނީ؛ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއާއި، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދެ ދައުވާއެއްގެ އިތުރުން ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާއެވެ.

މުހައްމަދު އަސީލްގެ މައްޗަށް ޕީޖީން ކުރާ ދައުވާތަކުގެ ތެރޭ ހިމެނެނީ؛ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލައިގައި ދައުވާ ކޮށްފައިވާ އިސްމާއީލް ވަހީދުއަކީ އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ. އަދި މި މައްސަލައިގައި ހިމެނޭ ކުޑަކުދިންނަކީ އޭނާގެ ދޮންދަރިންނެވެ. މީގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައިވާ މުހައްމަދު އަސީލަކީ އަންހެންމީހާއަށް ރުގްޔާ ކުރުމުގެ ނަމުގައި މަސައްކަތް ކުރި މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް