ads
އަވާއެރުވުން--
43 ރިސޯޓެއްގައި އާ އަަހަރުގެ ހަވާ ހަރުވާނެ!
43 ރިސޯޓެއްގައި އާ އަަހަރާއި ދިމާކޮށް ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންްޑީއެފްގެ މީޑިއާ އޮފިސާ އިބްރާހީމް އާޒިމް މައުލޫމާތު ދެއްވިގޮތުގައި އާ އަހަރާއި ދިމާކޮށް 43 ރިސޯޓެއްގައި ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ. 

އަދި މިހާރު ހަވާ އެރުވުުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނައިރު ހަވާ އަރުވާނީ އެމްއެންޑީއެފްގެ ސިފްކޯއިން އިން ވިޔަފާރީގެ އުސޫލުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނީ އާ އަހަރާއި ދިމާކޮށް މާލެ ސިޓީއާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ހަވާ އެރުވުމުގެ ހަރަކާތެއް ނޯންނާނެ ކަމަށެވެ.  

މީގެ ކުރިން ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ތަފާތު މުނާސަބަތުތަކާ ގުޅިގެން މާލެއާއި ރިޒޯޓުތަކުގައި ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާފައިވެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް