ads
މމިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓު-- ފޮޓޯ: ފޮލިސް
ހުޅުމާލެ ފޭސް ދޭއްގައި އެކްސިޑެންޓެއް ހިނގައިފި!
ހުޅުމާލޭގެ ފޭސް ދޭއްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުހުންގެ މީޑިޔާ އޮފިޝަލް ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ނަމަވެސް އެކްސިޓެންޓު ވި 2 ކާރަށް ވަރަށް ބޮޑެތި ގެންގުން ވެފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް 2ގެ ނިރޮޅުމަގާ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުނުވެ ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިގެންކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ކާރު ދުއްވާފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ "އީ" ކެޓަގަރީގެ ނުވަތަ ކާރު ލައިސަންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

your imageމިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓު--ފޮޓޯ؛؛ފޮލިސް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް