ads
އެސްޓްރަޒެނެކާ---
އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެ ގެންނަނީ
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ގެނައުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއެކު އެއްބަސްވުމަކަށް އަންނަން ސަރުކާރުން ނިންމައިފި އެވެ.

އެކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށްޓަކައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެގޮތުން އެސްޓްރަޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވައިލަން ނިންމާފައިވާ ކަމަށެވެ.

ވެކްސިން ހޯދުމުގެ ކަންތައްތައް މިވަގުތު ގެންދަނީ ޕްރޮކިއުމެންޓް އުސޫލުން ކަމަށް ވުމާއެކު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މިކަމާއި މެދު އަމަލުކުރާނެ ގޮތް ގަރާރަކުން އެކުލަވައިލައްވާފަ އެވެ. އެ ގަރާރުގައިވާ ގޮތުން މިނިސްޓްރީން ވަނީ ވެކްސިން ގެނައުމުގެ ކަންތައްތައް ކުރިއަށް ދަނީ މާލިއްޔަތުގެ ގަވާއިދުގެ ދަށުންތޯ ބެލުމަށް ހާއްސަ އެތެރޭގެ އޮޑިޓެއް ކުރަން ނިންމައިފަ އެވެ.

ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ގުޅިގެން ތައްޔާރުކުރާ ވެކްސިނަކީ ފައިޒާ އާއި ބައޮންޓެކް ގުޅިގެން ތައްޔާރުކުރާ ވެކްސިނާއި ހިލާފަށް އާންމު ފިނިހޫނުމިނުގައި ރައްކާކުރެވޭ ވެކްސިނެއް ކަމަށްވާ އިރު، ރާއްޖެއާ އެންމެ އެކަށޭނަ ވެކްސިނަކީ އެސްޓްރަޒެނެކާގެ ވެކްސިނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާއެކު، އެ ޖަމިއްޔާގެ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޓެސްޓް މަރުހަލާ ނިމި، އެސްޓްރަޒެނެކާގެ ވެކްސިން އަންނަނީ މިހާރު އިނގިރޭސިވިލާތުގައި ބޭނުން ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް