ads
އިންޑިއާއިން ދިން ވެކްސިން-
އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓް ދިނީ އަބުރާ ދޭގޮތަށް!
ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވަނީ އަބުރާ ދޭގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްއީއޮސީގެ ތަރުޖަމާން ޑރ. ނަޒްލާ  ވަނީ މިކަން މީޑިއާތަކަށް ކަަށަވަރުކޮށްދީފައެވެ. ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. 

ވެކްސިންގެ އެ ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފައިވާއިރު ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް އެ ވެކްސިން ޝިޕްމަންޓް ގެނެވިފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

މިއަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިންޑިއާއިން 30 ހާސް ޑޯޒްގެ އެމްއާރް (މީސަލްސް ރުބެއްލާ) ވެކްސިން ރާއްޖެއަށް ފޯރުކޮށްދިީފައިވެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ބެޗް ލިބޭއިރު ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށެވެ. ރާއްޖެއަށް ވެކްސިން ލިބެމުންދާ ވަރަކުން ވެކްސިން ޖަހަމުން ގެންދާނެކަމަށް ވެސް އެޗްއީއޯސީން ބުނެ އެވެ.  

ރާއްޖެއަށް ކޮވިޑް-19 ގެ ވެކްސިން ހޯދުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފިސް މެދުވެރިކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު  މިމަހުގެ 26 ވަނަ ދުވަހު ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދަން ސަރުކާރުން ނިންމާ، އެސްޓްރަޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް ފިނޭސް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. 

ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ވެކެސިން ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހެދުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތި ކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރެވެމުންދާއިރު އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ހައި ރިސްކް މީހުންނެވެ.  

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް