ads
އެމްއެންޑީއެފް ކޯސްްޓްގާޑުގެ 41 ފުރުން ފާހަގަ ކުރުން--ފޮޓޯ: އެމްއެންޑީއެފް
ދިވެހި ކޯސްޓްގާޑް އަށް 41 އަހަރު ފުރިއްޖެ
އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް 41 އަހަރު މިއަދު ފުރިއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް 41 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

ކޯސްްޓްގާޑަށް 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިންގާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލެ ފަޅު ސާފުކުރުމާއި ކ.ގާފަރުގައި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު ހިމެނެއެވެ.

your imageއެމްއެންޑީއެފް ކޯސްްޓްގާޑުގެ 41 ފުރުން ފާހަގަ ކުރުން--ފޮޓޯ: އެމްއެންޑީއެފް


ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފައްދާ، ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ޖަނަވަރީ 1، 1980 ގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތް އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

ދިވެހިރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ.

ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމެއް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް