ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު އެލާޓް ނެރެފި
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ށ އަތޮޅާއި ދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނީ މިއަދު 17:30 އިން 23:30 އަށެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރުމާއިއެކު ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ. 

ކުރިއަށްއޮތް 24 ގަޑީރަށް ރާއްޖޭގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓްއިން ވަނީ ލަފާކޮށްފައެވެ. 

މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓްއިން ބުނެއެވެ. އެގޮތުން ރާޅުގެ އުސްމިން 6 ފޫޓަށް ބޮޑުވާނެކަމަށް މެޓްއިން ލަފާކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް