ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަދަލު ހިފުމަކީ ސަރުކާރުން ހިންގާ މުޑުދާރު އަމަލެއް: އާދަމް ޝަފީރު
ބަދަލު ހިފުމަކީ ސަރުކާރުން ހިންގާ މުޑުދާރު އަމަލެއް ކަމަށް ކުރީގެެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާ އަހަރާ ގުޅިގެން ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހް ދެއްވި ހިތާބުގައި އާ އަހަރުގެ އަޒުމަކީ ގައުމު އާރާސްތުކުރުން ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދާ ހަމަހަމަ ކަމާއެކު އިންސާފް ގާއިމްކޮށްގެން ކަަމަށެވެ.

އަދި ބަދަލު ހިފުމާއި ހަމައެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ޝަރީއަތް ހިންގުމަކީ ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު އަމަލެއް ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ މެދު ސަރުކާރުން އަމަލުކުރަމުން އަންނަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ އިދިކޮޅުން އަންނަނީ އަބަދުވެސް ނުރުހުން ފާޅުކުރަމުންނެވެ. އަދި އިދިކޮޅުން ހާމަކުރާ ގޮތުގައި މިއަހަރު ވެސް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ޔާމީނު މިނިވަން ކުރުމަށެވެ.

ރައީސް ސޯލިހު އިއްޔެ ދެެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، ކުރި ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ހާލަތާ މެދު ވިސްނައި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށެވެ. އަދި މި އަހަރުގެެ އަޒުމަކީ ގައުމު އާރާސްތު ކުރެއްވުން ކަމަށް ވިދާޅުވީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް