ads
އެމްޓީސީސީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން އުޅަނދެއް--- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން އެންމެ ގިނަ މަޝްރޫއު ނިންމީ 2020 ގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 40 އަހަރުގެ ތާރީހުގައި އެއް އަހަރު ދުވަހުގައި އެންމެ ގިނަ މަޝްރޫއު ނިންމުނު އަހަރަކީ 2020 ވަނަ އަހަރު ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު 70 އަށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވާ އިރު، އޭގެ ތެރެއިން 45 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި 34 މަޝްރޫއެއް މިދިޔަ އަހަރުގެ ތެރޭގައި ނިމިފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އެމްޓީސީސީން މިދިޔަ އަހަރު ބޮޑެތި ބިޔަ މަޝްރޫއުތައް ނިންމާލާފައިވާ އިރު، ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ހއ. ހޯރަފުށީ ވައިގެ ބަނދަރުގެ މަޝްރޫއާއި، ގދ. މާވަރުލުގެ ވައިގެ ބަނދަރުގައި ތަރައްގީ ކުރާ ގިމަތަ އާއި ރެސްޓޯރަންޓުގެ އިތުރުން އަލިފާން ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

މިދިޔަ އަހަރު އެމްޓީސީސީން އެންމެ ގިނަ މަޝްރޫއު ނިންމާފައި ވަނީ އޭޕްރިލް މަހާއި ޑިސެމްބަރު މަހުގަ އެވެ. މިއިން ކޮންމެ މަހަކު އެމްޓީސީސީން ހަ މަޝްރޫއު ނިންމާފައިވެ އެވެ.

މިދިޔަ އަހަރު ސަރުކާރުގެ ގިނަ ކުންފުނިތަކަށް ގެއްލުންވެފައިވާ އިރު، ސާފު ފައިދާއެއް ލިބިފައިވާ މަދު ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ އެމްޓީސީސީގެ ތާރީހުގައި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ފައިދާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް