ads
ފޮޓޯ: ސީޕީ ހަމީދު--
އޭސީޕީ ފައިރޫޝް ފުލުހުންގެ ހިދުމަތުން ވަކިވެއްޖެ
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުން އޭސީޕީ ފައިރޫޝް ރިޓަޔާ ކުރެއްވިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ފައިރޫޝް ރިޓަޔާކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގަ އެވެ.

ފައިރޫޝް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހެވެ. އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްވެވަޑައިގެންނެވީ 31 މާޗު 2012 ގަ އެވެ. 

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގާނޫނާ ހިލާފަށް ފުލުހުންގެ އިދާރާއާ ހަވާލުވި ބޭފުޅާ އެވެ. ފުލުހުންގެ އިސް އޮފިސަރެއްގެ ގޮތުގައި މި ސަރުކާރުގައި ވެސް ފައިރޫޝް ހުންނެވުމުން އެމްޑީޕީން ވަނީ ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް