ads
ބޮކަކާ ހެދި އަކްޝޭގެ ފޯން ޗާޖު ނުވެފައި!
ބޮލީވުޑްގެ ތަރިންނަކީ އާންމުކޮށް އެމީހުންނަށް ދިމާވާ ތަފާތު ކަންކަމުގެ ވާހަކަ އެކިއެކި ޕްލެޓްފޯމް ބޭނުންކޮށްގެން އެމީހުންގެ ފޭނުންނާއި ހިއްސާ ކުރާ ބައެކެވެ. ބައެއް ފަހަރު ހެއްވާ މަޖާ ވާހަކަ ހިއްސާ ކުރާއިރު އަނެއް ބައެއް ފަހަރު ހިތާމަވެރި ވާހަކަވެސް ހިއްސާ ކުރެއެވެ. އެގޮތުން މިފަހަރު މިއޮތީ އަކްޝޭ ކުމާރު އޭނާގެ ފޯނު ޗާޖަށް ޖަހަން އުޅެނިކޮށް ދިމާވި މަޖާ ކަމެއްގެ ވާހަކަ އެވެ.

އަކްޝޭ ފޯން ޗާޖު ނުވެގެން އުޅުނީ ޗާޖުކުރާ ސޮކެޓަށް ބޮކެއް ވަދެ އޮތުމުގެ ސަބަބުންނެވެ. އަކްޝޭ ސޯޝަލް މީޑިއާގައި އާއްމު ކުރި ފޮޓޯ އަކުން ހުޅުވާލައިފައިވާ ސޮކެޓް ތެރެއިން ބޮކެއް ފެންނަން އޮތެވެ.

"އަހަރެން އުޅުނީ ފޯން ޗާޖު ކުރާނެ ގޮތެއް ހޯދަން. އެކަމަކު މިހާރު މިޖެހުނީ އެހެން ތަނެއް ހޯދަން. މިތަން މިވަގުތު ބޭނުން އެބަކުރޭ،" އަކްޝޭ ބުންޏެވެ.

އަކްޝޭ އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ގިނަ ބަޔަކު ވަނީ އޭތި އެތަނަށް ވަނީ ކިހިނެތްތޯ ސުވާލު އުފައްދައިފަ އެވެ. އެއާއެކު އަކްޝޭގެ ފޯނު ޗާޖުވިޔަނުދީ ހިފެހެއްޓި ބޮއް މިވަނީ ސޯޝަލް މީޑިއާ މީމް އަކަށް ބަދަލުވެ ވައިރަލް ވެފައެވެ.

އަކްޝޭ އެންމެ ފަހުން ފެނިގެން ދިޔައީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ނެރުނު ފިލްމު "ސޫރްޔަވަންޝީ" އިންނެވެ. ކެޓްރީނާ ކައިފްއާއެކު އަކްޝޭ ފެނިގެން ދިޔަ އެ ފިލްމަކީ ބޮކްސް އޮފީހުގަ ކާމިޔާބު ފިލްމެކެވެ. މިދިޔަ މާޗު މަހު ފިލްމު ނެރެން އޮތް ނަމަވެސް ކޮވިޑާއެކު ފިލްމު ނެރުން ފަސްކުރި އެވެ.

އަކްޝޭއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަަސައްކަތްކޮށްފައިވާ އަކްޝޭގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަ އޮތެވެ.

އަދި އާނަންދް އެލް ރާއީގެ "އަތްރަންގީ ރޭ" ގެ މަސައްކަތް ވެސް އަކްޝޭ ދަނީ ކުރަމުންނެވެ. އޭގެ އިތުރުން "ބެލް ބޮޓޮމް" އާއި "ހެރާ ޕެރީ 3" އިން ވެސް އޭނާ ފެނިގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް