ads
ތާރާ--
ހީނާ އެކަންޏެއް ނޫން، ތާރާ ވެސް އުޅެނީ ރާއްޖެ މިސް ވާތީ!
މަޝްހޫރު އެކްޓްރެސް ހީނާ ހާން 2021 ފެށުން ފާހަގަކުރީ ރާއްޖޭގެ ހަނދާންތަކާ އެކު އެވެ. މިދިޔަ އަހަރު އޭނާ އާއި އޭނާގެ ލޯބިވެރިޔާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތަކުން ރީތި ފޮޓޯއެއް އާއްމުކޮށް ހީނާ ބުނެފައި 2021 އަށް ޑައިވް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް ގިނަ ބޮލީވުޑުގެ ތަރިންތަކެއް އައިއިރު، އޭގެ ތެރޭގައި ތާރާ ސުތާރީއާ ވެސް ހިމެނެ އެވެ. ހީނާ ފަދައިން އާ އަހަރު ފެށުމާއެކު ތާރާ ވެސް މި ވަނީ ރާއްޖެ މަތިން ހަނދާން އާކޮށްފަ އެވެ. އެގޮތުން ތާރާގެ އިންސްޓަގްރާމުގައި ވަނީ ޗުއްޓީގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ.

އެ ފޮޓޯއިން ފެންނަނީ މޫސުން ރަނގަޅު ދުވަހެއްގައި ދޮންވެލި ބީޗެއްގައި ހުދު ކުލައިގެ ބިކިނީއެއްގައި ތާރާ ދުވަމުންދާ މަންޒަރެވެ. ފަހަތުން ފެންނަނީ ނޫ ކުލައިގެ އުޑާއި މޫދެވެ. އުމުރުން 25 އަހަރުގެ ތާރާ އޭނާ ލޯބިވެރިޔާ އާދަރް ޖެއިން އާއެކު ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހު އުފަން ދުވަސް ފާހަގަކުރުމަށެވެ. 

ތާރާއަކީ ބޮލީވުޑުގައި އަރަމުން އަންނަ ތަރިއެކެވެ. އޭނާގެ ބައެއް ފިލްމުތައް ހިޓުވެފައި ވާއިރު، ކުރިއަށް ވެސް ފާހަގަކުރެވޭ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އެގޮތުން ތެލޫގޫ ފިލްމު "އާރްއެކްސް 100" ގެ ހިންދީ ރީމޭކުގެ ފުރުސަތު ވަނީ ތާރާއަށް ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް