ads
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު
އިސްލާމީ މަރުކަޒުގެ އެއްވެސް ކަމެއް ސިޓީ ކައުންސިލަކާ ހަވާލެއް ނުކުރޭ: ޝިފާ
އިސްލާމީ މަރުކަޒުގެ އެއްވެސް ކަމެއް އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލު ނުކުރާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން 2019 އިން ފެށިގެން ކައުންސިލްތަކާ މިސްކިތްތައް މަރާމާތު ކުރުމުގެ ބަޖެޓު ހަވާލުކޮށްފައިވާ ކަމަށް ހާމަކުރުމާ ގުޅިގެން، މޭޔަރު ޝިފާ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ ގޮތަކަށް މިނިސްޓްރީއަށް ޓްވީޓު ކުރެވިފައި ވަނީ އޮޅުމަކުން ކަމަށާއި އިސްލާމީ މަރުކަޒުގެ އެއްވެސް ކަމެއް އެ މިނިސްޓްރީން ސިޓީ ކައުންސިލްއާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

ޝިފާ ވިދާޅުވީ ކުރިން އިމާމުންގެ ކަންކަން ސިޓީ ކައުންސިލުން ބެލި ކަމުގައި ވިޔަސް މިހާރު އެކަން ކުރަނީ ވެސް އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

"އެ މިނިސްޓްރީން ކުރެއްވި ޓުވީޓަކީ އެއީ އެ ބޭފުޅުންނަށް އޮޅިގެން ކުރެއްވުނު ކަމެއް. އެކަން ރަނގަޅު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓަރު މިހާރު ކުރަމުން އެބަދޭ،" ޝިފާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓާ ގުޅިގެން އެތައް ބަޔަކަށް އޮޅުން އަރައިގެން ގޮސްފައިވާކަން ވެސް ޝިފާ ފާހަގަކުރެއްވި އެވެ. 

އިސްލާމީ މަރުކަޒުގެ މުންނާރާއި ގުއްބު ހަލާކުވާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް، މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓު ކައުންސިލްތަކާ 2019 ވަނަ އަހަރު ހަވާލުކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިއަދެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް