ads
ސުޕްރީމް ކޯޓު---ފޮޓޯ:އަވަސް
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބެހުނު މައްސަލަ ބޭރުކޮށްލުމުން އަލުން ސުޕްރީމް ކޯޓަށް
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ކުރިއަށް ގެންދެވެން ނެތްކަމަށް ހައިކޯޓުންވެސް ނިންމައި އެމައްސަލަ ބޭރުކޮށްލުމުން، ދައުލަތުގެ ފަރާތުން އަލުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލަ އަކީ 18 ވެފައިވާ ނަމަވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ. އެމައްސަލާގައި ދައުލަތުގެ ފާރާތުން ހުށަހަޅަންޖެހޭ މުހިންމު ލިއުމެއް ހުށަހަޅާފައި ނުވާތީ ކްރިމިނަލް ކޯޓުން ވަނީ އެމައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމާފައެވެ. 

އެ ލިއުމަކީ، އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ، ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެކެވެ. 

އެމައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެގޮތުން އެ މައްސަލާގައި އަނިޔާލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅި ނަމަވެސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވެއެވެ. 

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލަ ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަނުޖެހޭތީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެމައްސަލާގައި ހުށަހެޅި ލިޔުމާބެހޭ ސުވާލެއްގެ އިތުރުން ދެބަސްވުމެއް އޮތް ކަމަށް ޝަމީމް ވިދަޅުވިއެވެ. 

ޝަމީމް އިތުރަށް ވިދާޅުވީ، މިމައްސަލައަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށެވެ. 

"އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު، (ގޮތްދޫނުކޮށް) އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް" ޝަމީމް ވިދަޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް