ads
ކޮވިޑް ރާއްޖެއިން ފެނުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް-
އެޗްޕީއޭގެ އުސޫލާއި ހިލާފަށް ރަށަކަށް ދިޔަ މީހަކަށް ފިޔަވަޅު އަޅައިފި
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލާއި ހިލާފަށް މާލެއިން ގއ.މާމެންދުއަށް، މިއަދު ދިޔަ މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާ އާއި މެދު ފިޔަވަޅު އެޅުމަށްފަހު މާމެންދޫ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މާމެންދޫގައި މޫހުން ކަރަންޓީނު ކުރާނެ ގޮތެއް ނެތުމުން ފުލުހުންގެ އެހީތެރިކަމާއިއެކު އެމީހާ މިރޭގެ ވަގުތެއްގައި އެ އަތޮޅު ނިލަންދޫ އަށް ގެންގޮސް ކައުންސިލް އާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ކޮވިޑައި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، މާލެއިން ނުވަތަ ކޮމިއުނިޓީ ސްޕްރޭޑް އޮތް ތަނަކުން ބަލި ނެތް ތަނަކަށް ނުވަތަ ރައްރަށައް ދާނަމަ، "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭއިން ހުއްދަ ހޯދަން ޖެހެއެވެ. އަދި އެ ރަށަކަށް ގޮސް ދިހަ ދިވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް