ads
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ-- ފޮޓޯ: ރައީސް އޮފީސް
ގާނޫނާ ހިލާފަށް އިންތިހާބު ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ނެތް: ދީދީ
ގާނޫނާ ހިލާފަށް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމާއި ގުޅިގެން އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުންނެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށް ވީ ނަމަވެސް، ގައުމު އޮތީ ލޮކްޑައުންގެ ހާލަތުގައި ނޫން ކަން ދީދީ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ގާނޫނީ ގޮތުން ޒިންމާ ނަގަން ޖެހޭ ކަމަށާއި އެމީހުން ޖަވާބުދާރީ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސްކުރުމުން އުފެދުނު ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު، އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.  

އަންނަ މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނި ނަމަވެސް، މިކަމާ ގުޅިގެން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން މުހިއްމު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް