ads
ލިވަޕޫލްގެ ކޯޗް ކްލޮޕް
ލިވަޕޫލް، ސައުތެމްޓަމް އަތްދަށުވެ ޔުނައިޓެޑަށް ފުރުސަތު
އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ލިވަޕޫލް ސައުތެމްޓަން އަތުން ބަލިވެ، ޓޭބަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިއްޖެއެވެ. ލިވަޕޫލް، ސައުތެމްޓަމް އަތުން ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ.

ހޯމަ ދުވަހުގެ ރޭގެ މެޗުން ލިވަޕޫލް ބަލިވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ޓޭބަލްގެ އެއްވަނައިގަ އެވެ.

 އެހެންނަ މަވެސް ސަތާރަ މެޗުން ތެއްތިރީސް ޕޮއިންޓާ އެކު އެއްވަނައިގަ އޮތް ނަމަވެސް ހަމަ އެ އަދަދަށް މެންޗެސްޓަރ ޔުނައިޓެޑުން ޕޮއިންޓް ހޯދާފައިވަނީ ސޯޅަ މެޗުންނެވެ. 

އަދި ފަނަރަ މެޗުން އޮނަތިރީސް ޕޮއިންޓް ހޯދާފައިވާ ސިޓީއަށްވެސް ކުރިއަށް އޮތް ދެ މެޗުން މޮޅު ވެގެން ޓޭބަލްގެ ކުރި ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑް ދެން ކުޅޭން ޖެހޭ މެޗުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ. އެ މެޗުން މޮޅު ވެއްޖެ ނަމަ ޔުނައިޓޭޑަށް އެއްވަނައަށް އެރޭނެއެވެ. ލިވަޕޫލުން ލީގުގައި ދެން ކުޅެން ޖެހޭ މެޗުގައި ނުކުންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ.

ސައުތެމްޓަންއާ ލިވަޕޫލު މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ވަރަށް ކުރީކޮޅު ސައުތެމްޓަމްގެ ޑެނީ އިންގްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް