ads
ރައީސް ނަޝީދު: ފޮޓޯ މަޖިލިސް
މުޖުތަލާޒު އަވަހާރަވުމާއި ގުޅިގެން ރައީސް ނަޝީދު ތައުޒިޔާ ދަންނަވައިފި
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ތައުޒިޔާ ދެންނެވީ، މުޖުތާޒު ފަހުމީގެ ކޮއްކޮ އަދި އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓްވީޓަށް ރިޕްލައި ކުރައްވަމުންނެވެ. 

ނަޝީދު ވިދާޅުވީ މުޖުތާޒު އަހަވާރަވުމުގެ ހިތާމާގައި އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މުޖުތާޒުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައެވެ. 

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް އަވަހާރަވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ބޮޑުވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދަވަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. 

މުޖްތާޒް ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް